dhivehifootball.netfirms.com http://www.adhaalathu.org - ފުތަރަމަ ޞަފްޙާ
Free Web Hosting by Netfirms
Web Hosting by Netfirms | Free Domain Names by Netfirms

 

 
 

 
ފުތަރަމަ ޞަފްޙާ
މިއްރީޚަށް ހުނޅަގުން އިރުއަރައިފިކަމަށް ލިޔެފައިވާ ލިޔުމުގައި ބައެއް އޮޅުންތައް އެކުލެވެއެވެ.
ލިޔުއްވީ: އިކުރާމް   
24/01/2008
Image 

" މިއްރީޚަށް ހުނޅަގުން އިރުއަރައިފި" މިސުރުޚީގެ ދަށުގައި 22 ޖެނުއަރީ 2007 ދުވަހު މިސައިޓުގައި ޝާޢިއު ކޮށްފައިވާ ލިޔުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީމަޖިލީހުން އެމަޖިލީހުގެ ނޯޓިސްބޯޑުގައި ޢާއްމުކޮށް ޝާޢިއުކޮށްފައިވާ ލިޔުމެކެވެ. އަދި މިލިޔުމަކީ ކުވައިތުގައި ނިކުންނަ "އަލްމުޖްތަޢު"ކިޔާ މަޖައްލާއަކުން އަބޫ އުސާމާ ކިޔާބޭފުޅަކު ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވާ ލިޔުމެއްކަމަށް އެލިޔުމުގައި ލިޔުއްވާފައިވެއެވެ. 

އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 24/01/2008 )
އިތުރަށް ވިދާޅުވުމަށް...
  
ދެންނެވުން
ލިޔުއްވީ: އިކުރާމް   
24/01/2008
ޢިލްމުވެރިންގެ މަޖްލިސްގެ ބައްދަލުވުމެއް މިރޭ 8.45 ގައި ޕާޓީގެ އޮފީހުގައި އޮންނާނެއެވެ. ވީމާ ޢިލްމުވެރިންގެ މަޖިލީހުގެ ހުރިހާ މެންބަރުން ގަޑިއަށް ވަޑައިގެން ދެއްވުން އެދެމެވެ.  
އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 24/01/2008 )
 
ކޮލަންބޯގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ޢަދާލަތު ޕާޓީއާ ބައްދަލު ކުރައްވައިފި
ލިޔުއްވީ: އިކުރާމް   
24/01/2008
 Image

 ކޮލަންބޯގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ މރ. ޖޯންކުލޭ އިއްޔެ މެންދުރު ފަހު ޢަދާލަތު ޕާޓީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ބައިވެރިވެ ވަޑައިގަތެވެ.

އިތުރަށް ވިދާޅުވުމަށް...
 
ދެކުނު އަރުމާޒު އެންމެ ދެކުނަށް މިސްރާބު ޖަހައިފި.
ލިޔުއްވީ: އިކުރާމް   
23/01/2008
Image 

ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ފަރާތުން އިންތިޒާމްކޮށްގެން އިންތިޤާލީ ސަރުކުގެ ކެމްޕޭން ކުރުމަށްޓަކައި ފ. އަތޮޅުން ފަށާފައިވާ ދަތުރު ދ. އަތޮޅާއި ތ. ލ. ފަހަނައަޅާ ރާއްޖޭ އެންމެ ދެކުނަށް ދިއުމަށް މާދަމާ މިސްރާބު ޖަހާނެއެވެ. އެގޮތުން ހުވަދު އަތޮޅަށް ދިއުމަށް ލ.އަތޮޅުން މާދަމާ ފުރާނެއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ޢަދާލަތު ޕާޓީ ވައިކަރަދޫ ގޮފީގެ އަންހެނުންގެކޮމެޓީ އަދި ކ. މާފުށީގައި ޢަދާލަތު ޕާޓީގެ އާގޮތްޕެއް އިފްތިތާހު ކޮށްފި
ލިޔުއްވީ: އިކުރާމް   
23/01/2008

ޢަދާލަތު ޕާޓީގެ އަންހެނުންގެ މަޖިލީހުގެ ފަރާތުން ހދ ވައިކަރަދޫގައި އެމަޖިލީހުގެ އަންހެނުންގެ ކޮމެޓީއެއް އިފްތިތާހުކޮށް ޢަދާލަތު ޕާޓީގެ އާގޮތްޕެއް ކ. މާފުށީގައި އިފްތިތާހު ކޮށްފިއެވެ. ހުސްވި ހަފްތާގެ ހަފްތާ ބަންދުގައި ޢަދާލަތު ޕާޓީން ރާއްޖެ ތެރެއަށް ދަތުރު ކުރެއްވި ޓީމުތައް ހޮނިހިރުދުވަހާއި އާދީއްތަ ދުވަހުވަވަނީ އެނބުރި މާލެ ވަޑައިގެންފައެވެ. މިދަތުރު ތަކުގައި ޕާޓީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް...
 
މިއްރީޚަށް ހުނޅަގުން އިރުއަރައިފި.
ލިޔުއްވީ: އިކުރާމް   
22/01/2008

 ތަރުޖަމާ: އަބޫއުސާމާ
(މިއީ ހަފްތާއަކު އެއްފަހަރު ކުވައިތުގައި ނިކުންނަ "އަލްމުޖުތަމަޢު"ކިޔާ މަޖައްލާގެ 1687 ވަނަ ޢަދަދުގެ 65 ވަނަ ޞަފްޙާގައި ޝާއިޢު ކޮށްފައިވާ ޚަބަރެކެވެ.)

 ފަލަކީ ޢިލްމުވެރިން ހާމަކޮށްދެއްވައިފައިވެއެވެ. މިފަހަކަށްއައިސް އިރާއި ތަބާވެގެން ހިނގާ ތަރިތަކުގެ ތެރެއިން މިއްރީޚު (މާރސް)ގެ ހިނގުން މަޑުވެއްޖެއެވެ. އިރާއި ހުޅަނގާއި ދެމެދު ވަރަށް މަޑުން ޙަރަކާތް ކުރަނިކޮށް 2005 ވަނަ އަހަރުގެ ޖުލައި 30 ވީ ބުދަ ދުވަހު މިއްރީޚުގެ ހިނގުން މުޅިން ހުއްޓިއްޖެއެވެ.

 Image

އެއަށްފަހު 2005 ގެ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގައި މިއްރީޚު ޙަރަކާތް ކުރަންފެށީ ކުރިއާއި ޚިލާފަށް ހުޅަނގާއި ވީފަރާތަށެވެ. އޭގެ މާނައަކީ، މިއްރީޚަށް ހުޅަނގުން އިރުއެރީއެވެ. ޢަޖައިބު ވަނިވި މިޙަރަކާތަށް އިނގިރޭސި ބަހުން ކިޔަނީ RETROGRADE MOTION އެވެ.

އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 23/01/2008 )
އިތުރަށް ވިދާޅުވުމަށް...
 
ޢަދާލަތު ޕާޓީގެ ޚާއްޞަ ޖަލްސާއެއް
ލިޔުއްވީ: އެޑްމިން   
22/01/2008

1 ފެބްރުއަރީ 2008 ވާ ހުކުރު ދުވަހުގެ ރޭ 8.45 ގައި ޢަދާލަތު ޕާޓީގެ ފަރާތުން ބާއްވާ ޚާއްޞަ ޖަލްސާއެއް ދަރުބާރުގޭ ފާށަނާ މާލަމްގައި އޮންނާނެއެވެ. ވުމާއެކު ޕާޓީގެ މެންބަރުންނާއި ޕާޓީއަށް ހެއުއެދޭ ބޭފުޅުންގެ ތެރެއިން ވީހާވެސް ގިނަބަޔަކު ޖަލްސާއަށް ވަޑައިގަތުމަކީ ޕާޓީގެ ވަރަށް ބޮޑު އެދުމެވެ.

 
ޢަދާލަތު ޕާޓީގެ ދެ ބައްދަލުވުމެއް 24، 25ގައި
ލިޔުއްވީ: އެޑްމިން   
22/01/2008

ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ބައްދަލުވުމަކާއި މަޝްވަރާ މަޖިިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޢިލްމުވެރިންގެ މަޖްލިސް އޮންނާނީ 24 ޖަނަވަރީ 2008 ވާ ބުރާސްފަތި ދުވަހުގެރޭ 8.45 ގައި ޕާޓީގެ އޮފީހުގެ ހޯލުގައެވެ.
އަދި މަޝްވަރާ މަޖްލީހުގެ ބައްދަލުވުން އޮނާނީ 25 ޖަނަވަރީ 2008 ވާ ހުކުރު ދުވަހުގެ ރޭ 8.30 ގައި ޕާޓީގެ އޮފީހުގެ ހޯލުގައެވެ. އެހެންކަމުން މިދެމަޖިލީހުގެ ބޭފުޅުންނަށް ބައްދަލުވުމުގެވާހަކަ ހަނދުމަކޮށް އެރުވުމުގެ ގޮތުން މިވާހަކަ ދަންނަވަމެވެ.

 
ޢަދާލަތު ޕާޓީގެ ގޮއްޕެއް ކ. މާފުށީގައި.
ލިޔުއްވީ: އެޑްމިން   
22/01/2008

ޢަދާލަތު ޕާޓީގައި އިތުރު ގޮއްޕެއް 19 ޖަނަވަރީ 2008ވީ ހޮނިހިރު ދުވަހު ހުޅުވިއްޖެއެވެ. މިގޮފި ހުޅުވުނީ ކ. އަތޮޅު މާފިށީގައެވެ. މިގޮފި ހުޅުވާ ދެއްވުމަށް ވަޑައިގަތީ ޕާޓީގެ ރައީސް އައްޝައިޚު ހުސައިން ރަޝީދު އަޙްމަދާއި ޕާޓީގެ ޤާނޫނީ މުޝީރު އަލްއުސްތާޛު އަސުދުﷲ ޝާފީއާއި މަޝްވަރާ މަޖިލީހުގެ ދެބޭފުޅުންނެވެ.

ގޮފި ހުޅުވުމުގެ އިތުރުން މާފުށީ ހުކުރު މިސްކިތުގައި ޢަޞުރު ނަމާދު ފަހުގައި ނަޞީޙަތް ދިނުން އޮތެވެ. ނަޞީޙަތް ދެއްވީ ރައީސް އައްޝައިޚު ޙުސައިން ރަޝީދު އަޙްމަދެވެ.

 
ޢަދާލަތު ޕާޓީގެ ފަރާތުން ލޯޑް ނޭސްބީ އާ ބައްދަލުކޮށްފިއެވެ.
ލިޔުއްވީ: އެޑްމިން   
16/01/2008

ޢަދާލަތު ޕާޓީގެ ފަރާތުން މޯލްޑިވްސް- ބްރިޓިޝް ޕާރލަމެންޓްރީ ގްރޫޕުގެ ޗެއަރމަން ދަ ރައިޓް އޮނަރަބަލް  ލޯޑްނޭސްބީ އާއި އޭނާގެ އަނބިކަނބަލުންނާއި ބައްދަލުކޮށްފިއެވެ. މިބައްދަލުކުރުން އިންތިޒާމުކުރެއްވީ ކޮމިޝަނަރ އޮފް އިލެކްޝަންސްގެ ފަރާތުންނެވެ. ބައްދަލުވުން ބޭއްވުނީ 14 ޖަނަވަރީ 2008ވީ ހޯމަ ދުވަހު ނަސަންދުރަ ޕެލަސް ހޮޓަލުގައި މެންދުރު ފަހު 2.00 އިން 3.00 އަށެވެ.

އެންމެފަހުން އަޕުޑޭޓް ކުރެވުނީ ( 16/01/2008 )
އިތުރަށް ވިދާޅުވުމަށް...
 
އިތުރު ބައިތައް...
<< ފެއްޓުން < ކުރީގެބައި 1 2 3 4 5 6 7 8 9 10 އިތުރު ބައިތައް > ނިމުން >>

ސަފުހާ: 1 - 18 ގެ 261

  
:: ސުންނަތުގެ މީޒާނުގައި ޤުނޫތު
:: އަންހެނުންނަށް ޤާޟީކަން ދިނުމަކީ ދިވެހިދައުލަތުގެ ޒަމާންވީ އިސްލާމީ ޢަޤީދާގެ މައްޗައް ގެނެވޭ އިންޤިލާބެއް ނޫންބާ؟
:: ބައިބަލް އަކީ ދެކޮޅުނުޖެހޭ ވާހަކަ ތަކުން ފުރިފައިވާ ފޮތެކެވެ.
    :: ފްރީމޭސަނަރީ: ފަސާދައާއި ކުފުރުގެ ފަނާކުރުވަނިވި ސިޔާސީ އެޖެންޑާ
:: އެމެރިކާނުން ބުނާގޮތުގައި ސެޕްޓެމްބަރ 11ގެ ޙަމަލައިގެ އަޑީގައި ވަނީ ބުޝްގެ ސަރުކާރު!
:: އިސްލާމީ މާލީ ނިޒާމުގެ ނަފާ ހޯދުމަށް ޤައުމުތައް....
  
:: ފިރިހެނުންގެ ޙައްޤުތައް
:: މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާމީހުންނަށް..
:: ރިބާގެ ބަލިމަޑުކަން ޤައުމުން ލުހެލުން..!
 :: ކުދިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަން ދޭންޖެހޭ..
:: އަންހެނަކަށް ޤައުމުގެ ރައީސްކަން ކުރުން ހުއްދަވެގެން ނުވެއެވެ.